ސިޔާސީގޮތުން ތަފާތު ނުކުރާކަން ރަށްތަކަށް ގެނެސްފައިވާ ތަރައްޤީން ހާމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި ވ. ފެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދީގެން ކުރި މަސައްކަތަކީ އެއްވެސް ރަށެއް އެއްވެސް ގޮތަކަށް ތަފާތުނުކޮށް، އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ފެލިދޫއާއި ރާއްޖޭގެ އެހެން ރަށްތަކަށް ބަލާލުމުން ރަށްރަށަށް ތަފާތުނުކޮށް، ތަރައްޤީ ގެެނެސްފައިވާ މިންވަރު ހާމަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ފެލިދޫގައި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށްދާކަމަށެެވެ. އަދި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ފެލިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކޮންޓްރެކްޓުކޮށް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



"ފިކުރުގެ ވިސްނުމަށް ހިޔާލު ތަފާތުވިޔަސް އެ އެކަހެރިކޮށް ރައްޔިތުން ބޭނުންވާ ތަރައްގީ އެ ރަށަކަށް ހޯދައިދިނުމަށް، މި ރަށުން ހަމަ ގައިމު ވެސް އެ މަންޒަރު ފެންނާނެ،" ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ފެލިދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްގީކުރައްވާނެ ކަމަށެވެ.

ރައީސްގެ ވާޙަކަފުޅުގައި ސަރުކާރުން ތަރައްޤީއަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އަންނަމުންދާ ތަރައްޤީ އެގޮތުގައި ބޭއްވުމަށް ސަރުކާރާއެކު ރައްޔިތުން ތިބުން މުހިއްމުކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ސަންފަ

16-Aug-2023

ޢެކަމަކު ނައިފަރަކަށް އެއްކަމެއްވެސް ކޮށެއް ނުދޭހެން ހީވަނީ ވާރޭ ފޮދެއް ވެހިއްޖިއްޔާ މުޅި ރަށުގަ ފެން ބޮޑުވެފަ އޮންނަނީ



ޓްރެންޑިން