ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމަށް އިންސާފު ލިބެންދެން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް ގޮވާލައްވައިފިއެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިރޭ ވިދާޅުވީ، އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރަން އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.
ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލްކޮށްގެންނެވެ. ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ އިސްތިއުނާފް މިވަގުތު ވަނީ ހުއްޓިފައެވެ. އެއީ އެމައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޙާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ މުއްދަތުގެ ކުރިން ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުން ލާޒިމެވެ.

ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ.ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން
— Abdul Raheem Abdulla (@Banafsaa) July 17, 2023
ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލްކޮށްގެންނެވެ. ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ އިސްތިއުނާފް މިވަގުތު ވަނީ ހުއްޓިފައެވެ. އެއީ އެމައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޙާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ މުއްދަތުގެ ކުރިން ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުން ލާޒިމެވެ.
ކިޔުންތެރިންގެ ހިޔާލު