އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިނަމަ މިހާރު މި ކުރާވަރަށްވެސް އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ނުހިނގާނެކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރީ ރަޖިސްްޓްރީވާންޖެހޭ ބޭފުޅުންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނަށް އޮންލައިންކޮށް ރީރަޖިސްްޓްރީވެވޭނެ ގޮތެއް މިފަހަރުގެ އިންތިހާބާއި ގުޅިގެން ހަމަޖެހިފައެއް ނެތެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތްތަކުން ޖެހެނީ ރީރަޖިސްޓްރީ ފޯމް ހައިކޮމިޝަނަށް ހުށަހަޅާށެވެ.

ރާއްޖެއިން ބޭރުގައި ތިއްބަވައިގެން އޮންލައިންކޮށް ރީ ރަޖިސްްޓްރީ ނުކުރެވޭތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

"ކޮލަމްބޯ، ޓްރިވެންޑްރަމް، ލަންޑަން، ކޭއެލް ފަދަ ރަށެއްގައި ހުންނެވިނަމަ އެ ރަށެއްގައި ހުންނަ ހައި ކޮމިޝަނަށް ރީރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުން އެދެން. ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނަށް އޮންލައިންކޮށް ރީރަޖިސްޓަރ ކުރެެވޭ ގޮތަށް މިފަހަރަކު ހަމައެއް ނުޖެއްސުނު. ވަރަށް ބޮޑަށް މައާފަށް އެދެން،" ފުއާދު ވިދާޅުވިއެވެ.

ފުއާދުގެ ވާހަކަތަކާއި ގުޅިގެން ގިނަ ބަަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ. އަދި މައާފަށް އެދުމުގެ ބަދަލުގައި މަޤާމުން އިސްތިއުފާދެއްވުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.

މަޤާމުން އިސްތިއުފާދެއްވުމަށް ގޮވާލުމުން ފުއާދު ވަނީ އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިނަމަ މިހާރު މި ކުރާވަރަށްވެސް އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ނުހިނގާނެކަމަށް ފުއާދު ވިދާޅުވިއެވެ.



މިފަހަރުގެ ރިޔާސީ އިންތިހާބުގައި 604 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އޭގެތެރެއިން 13 ފޮށި ބަހައްޓާނީ ރާއްޖެއިން ބޭރުގައެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިންތިހާބަށް ރީ ރަޖިސްްޓްރީވުމުގެ މަރުހަލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން