ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއަށް ތާއީދު ހޯދުމަށް ކުރާ ދަތުރުތަކުގެ ތެރެއިން ހުރިހާ ރަށަކުންވެސް ބުނަމުންދަނީ މިދިޔަ 50 އަހަރުވެސް ނާންނަހާ ތަރައްޤީ އެ ރަށްތަކަށް އައިސްފައިވާ ވާހަކަތައްކަަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއަށް ތާއީދު ހޯދުމަށް މަހްލޫފް ގެންދަވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި މަހުލޫފް ވަނީ އުތުރާއި، މެދު ރާއްޖެތެރެއާއި، ދެކުނުގެ ގިނަ އަތޮޅުތަކަކަށް ޒިޔާރަތްކުރައްވާފައެވެ.

މަހްލޫފް ވިދާޅުވީ ރަށްރަށުގައި މި ސަރުކާރުން ކުރިއަށްގެންދިޔަ ގިނަ މަސައްކަތްތައް ނިމިފައިވާއިރު، ތަރައްޤީގެ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. އަދި އެކަންކަން ރައްޔިތުން ބަލައިގަންކަމަށާއި، މިދިޔަ 50 އަހަރުތެރޭ ނާންނަހާ ތަރައްގީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެނެސްދީފިކަމަށް ނުބުނާ ހަމަ އެންމެ ރަށަކަށްވެސް ވަޑައިނުގެންނެވޭކަމަށް މަހްލޫފް ވިދާޅުވިއެވެ.



"ހއ. ކެލާ އިންވެސް ބުނަނީ ހަމައެހެން. ރައީސް އަށް މަރުހަބާ ދެންނެވުމަށް އަދި ކެމްޕޭން ގަދައަށް ޖެއްސުމަށް އެމްޑީޕީގެ ޓީމުއޮތީ ގަދަކޮށް،" މި ވަގުތު އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި އުޅުއްވާ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.



އެމްޑީޕީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާޢީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ކުރަމުންނެވެ. މިގޮތުން އެކި ދާއިރާތައް އެކި ޓީމުތަކަށް ބަހާލައިގެން އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން