އާރުޑީސީގެ ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ހަބަރާއި ގުޅޭގޮތުން އަބުރުގެ ދައުވާކުރުމަށް އާރުޑީސީގެ ފައިނޭންޝަލް ކޮންޓްރޯލަރ ޔާސިރު ހުސައިން ނިންމަވައިފިއެވެ.

އާރުޑީސީގެ ފައިނޭންޝަލް ކޮންޓްރޯލަރ ޔާސިރު ހުސައިން ނެރުނު ބަޔާނެއްގައި ބުނީ އާރުޑީސީގެ ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ބުނެ ފަތުރާފައިވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށާއި، އެފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށެވެ. އަދި މިއީ ކުންފުންޏާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރި ކަމެއްގެ ގޮތުގައިވެސް ބަޔާނުގައި ސިފަކޮށްފައިވެއެވެ.

ޔާސިރު ވިދާޅުވީ މި މައްސަލައާ ގުޅިގެން "މިހާރު" ނޫހާއި "ދިޔަރެސް" ނޫހާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުންފުންޏާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރާކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށް ޔާސިރުގެ ބަޔާނުގައިވެއެވެ.



މި ބަޔާނުގައި ޔާސިރު ވިދާޅުވީ ކުންފުނީގެ އުސޫލުތައް ހަދާފައި ހުންނަނީ އޭނާއަށް ކުންފުނީގެ އެކައުންޓްތަކުގައި ހުންނަ ފައިސާ އެކި ފަރާތްތަކަށް ދިނުމަށް ހުއްދަ ދޭ ގޮތަަކަށްވެސް ނޫންކަމަށެވެ. އަދި މިދިޔަ 3 އަހަރު ތެރޭގައި އޭނާގެ އެކައުންޓަށް އެފަފަ އެއްވެސް ޕޭމަންޓެއްގެ ފައިސާ ނުވަންނަކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

އާރުޑީސީގެ މުވައްޒަފުންތަކެއްގެ އެކައުންޓްތަކަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުޤީޤްކުރަމުންނެވެ. ނަމަވެސް ކުންފުނީގެ ވެރިންގެ އެކައުންޓަށް ފައިސާއެއް ޖަމާވިކަން މިހާތަނަށް ފާހަގަވެފައި ނުވާކަމަށް ފުލުހުންވެސް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން