ފަޤީރުންނާއި މިސްކީނުންގެ އެކައުންޓްތަކަށް މުދަލު ޒަކާތް ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިމިގެންދިޔަ 1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26.7 މިލިއަން ރުފިޔާއެވެ.

މި ފައިސާ ފަޤީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 މީހުންނަށް، ބޮލަކަށް 3500 ރުފިޔާގެ ރޭޓުން މިއަދު ޖަމާކޮށްފައިވާކަމަށްވެސް މިނިސްްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން