2028 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް ތިން މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި މިއަދު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރުން ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް 2028ވަނަ އަހަރާ ހަމައަށް ތިން މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފާފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު 2028 ވަނަ އަހަރު އަންނަންވާއިރަށް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް 03 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"ރާއްޖޭގެ އިގްތިޞާދު ޑަބަލްކުރާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އެއާ އެކީގައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް އެއްކޮށް ނިމުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވުމުން ރާއްޖޭގެ އިގްތިޞާދު ދެގުނަކުރުމުގެ އަމާޒަށް ވާސިލްވާނެކަމަށެވެ. އެހެންކަމުން ތަޞައްވުރެއް ނުވަތަ ޕްލޭނެއް އޮވެގެން ވެރިކަން ކުރާނަމަ ނަތީޖާ ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން