މި ވޭތުވެދިޔަ ފަސްއަހަރަކީ ރާއްޖޭގެ ތާރިޚުގައި އެންމެ ކުށްކުރުން މަދު ފަސްއަހަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހއ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި އެއަތޮޅު ތުރާކުނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. "އުފާވެރި އަމާން ރާއްޖެ" މިނަމުގައި މިއަދު މެންދުރު ފަހު ތުރާކުނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މި ވޭތުވެދިޔަ ފަސްއަހަރަކީ ރާއްޖޭގެ ތާރިޚުގައި ވެސް އެންމެ ކުށްކުރުން މަދު ފަސްއަަހަރު ކަމަށާއި އެކަން ފުލުުހުންގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުރި ކަމަށެވެ. އަދި ވެރިކަމުގެ އިތުރު ދައުރެެއް ލިބިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވާނީ ރާއްޖެއަކީ އަމާން އުފާވެރި ރާއްޖެ އަކަށް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިވޭތުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިއީ މި ރާއްޖޭގެ ފަހުގެ ތާރިޚުގައި އެންމެ ކުށްމަދު ފަސްއަހަރުގެ ގޮތުގައި ޕޮލިހުން ރިޕޯޓްކޮށްފައި އެބައޮތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސްއަހަރުގައި މި ޕަސެންޓޭޖް މިއަށްވުރެ އަޅުގަނޑުމެން ދަށް ކުރާނަން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން