ވަނގާރު ޓޫރިޒަމް ލިސްޓުން އުނިކޮށް ތުރާކުނުގެ އިހްތިސޯސް ތެރޭގައި ހިމަނައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހއ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި ތުރާކުނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. "އުފާވެރި އަމާން ރާއްޖެ" މިނަމުގައި މިއަދު މެންދުރުފަހު ތުރާކުނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ތުރާކުނާއި ކައިރީގައި އޮންނަ ވަނގާރަކީ އެރަށުގެ އިހުތިސާސް ހިނގާ ތަނެއްގެ ގޮތުގައި ހެދުމަށް ކައުންސިލުންނާއި އެރަށުގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި އެދިފައިވާ ކަމަށެވެ.

ވަނގާރަކީ ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށެއް ކަމަށްވީނަމަވެސް ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެތަން ކައުންސިލްގެ އިހުތިސާސް ހިނގާ ތަނަކަށް ބަދަލު ކޮށްދެއްވާނެ ކަމަަށް ރައީސް ވިދާޅުވިއެވެ.

"،ވަނގާރު ތުރާކުނުގެ ރައްޔިތުންނަަށް ބޭނުންކުރެވޭ ގޮތްވުމުން އަޅުގަނޑު ހިތުން މިރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި އަދި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ވެސް އެރަށް ބޭނުންކުރުމުގެ ފުރުސަތު މިރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް މިއަދު ވިދާޅުވީ ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފައިވާ ކަމަށެވެ. ވަނގާރު ތުރާކުނުގެ އިހްތިސޯސްގެ ތެރެއަށް ލުމާއި، ތުރާކުނުގެ ބިން ހިއްކުމާއެކު އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ. އަދި ތުރާކުނަށް ދިމާވެފައިވާ އަރާފޭބުމުގެ މައްސަލަ ހައްލުކުރުމަށް އެރަށުގެ ބަނދަރު ބޮޑުކޮށްދެެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން