ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ހއ.އިހަވަންދޫއަށް މިއަދު ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސާލިހު ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެެރެއިން މިއަދު ވަޑައިގެން އުޅުއްވަނީ ހއ. އަތޮޅުގައެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން 3 ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ އިހަންވަންދޫއަށެވެ. އިހަަވަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ކުދި ބޮޑު ގިނަ ބަަޔަކު ވަނީ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.



ރައީސް ސާލިހު އިހަވަންދޫއަށް ވަޑައިގަތުމަށްފަހު އެ ރަށުގައި ހަދާފައިވާ އެމްޑީޕީގެ ހަރުގެއެއް ވަނީ ހުޅުވައިދެއްވާފައެވެ.



އިހަވަންދޫޢަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސާލިހުގެ އަރިހުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަރުކާރު ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން