އެއްވެސް ތަފާތު ކުރުމެއް ނެތި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދެއްވާތީ ރައްޔިތުން ތިބީ އުފަލުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ރަށްރަށުން ވަޑައިގަތުމުން ލިބެމުންދާ ތަރުހީބު ފާހަަގަކުރައްވަމުންނެވެ.

ރައީސް ސާލިހު މިއަދު ހއ.ގެ ރަށްތަކަށް ޒިޔާރަތްކުރައްވަމުންދާއިރު، އެ ރަށްރަށުންވެސް ދަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.



ރޮޒައިނާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ އުފަލުންކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިއީ ރައީސް ސާލިހު ގެނެސްދެއްވަން ބޭނުންފުޅުވާ އުފާވެރި އަމާން ރާއްޖެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ކަންތައްތައް ކޮށްދެއްވާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެއްވެސް ތަފާތެއް ނެތި ހިދުމަތްތަކާއި ތަރައްޤީގެ މަސައްކަތްތައް ހިންގެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން