އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމަކީ ރާއްޖޭގެ އިސްލާމީ ފޭރާމާއި ގުޅޭ ވިސްނުންތަކެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

ޝައިހް އަލީ ޒައިދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީއާ އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީން ސިޔާސީ މަޝްވަރާތަކެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނަކީ ހުޅަނގުގެ ޒަމާނީ ލިބަރަލް ފިކުރުތަކެއް ގެންގުޅޭ ބައެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހިންގުމާއި ސިޔާދަތު ކަނޑައެޅުމުގައި އެ ފިކުރުގެ އަހުލުވެރިން ބައިވެރިކޮށްގެން ކުރާ މަޝްވަރާތަކުން ހެވެއް ނުކުންނާނެކަމަށް ނުދެކޭކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ފޭރާމާ ދަ ޑިމޮކްރެޓްސް ޕާޓީގެ ފިކުރު ނުގުޅޭކަމަށެވެ.



ދަ ޑިމޮކްރެޓްސްއާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ވަނީ އެއް ކެނޑިޑޭޓެއް ނެރެގެން ކުރިއަށްދިއުމަށް އެއްބަސްވެފައެވެ. އަދި އެ ހުށަހެޅުން ޕީޕީއެމްއަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ ޕާޓީން ބުނަނީ އެއް ކެނޑިޑޭޓް ނެރޭކަމުގައިވާނަމަ އެ ކެނޑިޑޭޓަކަށް ވާންޖެހޭނީ ރައީސް ޔާމީންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން