ހއ. އިހަވަންދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ހުޅުވައިފިއެވެ.

އިހަވަންދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫއަށް ވަޑައިގެން މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހއ. އިހަވަންދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކުރައްވައިގެނެވެ.



މިއީ ސަރުކާރުން 7.7 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

އިހަވަންދޫ މަލްޓި ޕަރޕަސް ހޯލް ހުޅުވައިދެއްވުމަށްފަހު ރައީސް ސާލިހު ވަނީ އެ ހޯލް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއާއި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން