ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއެކު ބޮޑު ތިލަދުންމައްޗަށް ތަރައްޤީގެ ބޮޑު ބަދަލެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިމް ދަތުުރުފުޅުގެ ތެރެއިން އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ފެނިގެންދިޔައީ އުފާވެރި އަމާން ރާއްޖެ ހޯދަން އިހަވަންދިޕޮޅުގެ ރައްޔިތުން ބޭނުންވެފައި ތިބި މިންވަރުކަމަށެވެ.

ރައީސް ވިދާޅުވީ ޒަމާނުއްސުރެ އިހަވަންދިޕޮޅަކީ އަމިއްލަ މަސައްކަތުން އަމިއްލަ އިޤްތިޞާދެއް އުފެއްދި ބައެއްކަމަށެވެ.

"މިއީ ފުދުންތެރި ތަނަވަސް ބަޔަކު ދިރިއުޅުނު ސަރަހައްްދެއް. އަމިއްލަ ވިޔަފާރިތަކުން ކުރިއަރަމުންދިޔަ، އަމިއްލަ އިޤްތިޞާދެއް ބިނާކޮށްގެން އައި ސަރަހައްދެއް،" ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ 1950ގެ ފަހުން ސަރުކާރުގެ ސިޔާސަތުތަކަށް އަންނަމުންދިޔަ ބަދަލާއެކު ސަރުކާރުގެ ޗާޓުން އިިހަންވަންދިޕޮޅު ވަނީ ބޭރުވެފައިކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް މިކުރަނީ އިހަވަންދިޕޮޅަށް ބޮޑު ބަދަލެއް ގެނެސް، ބޮޑުތިލަދުއްމަތީގެ މާޒީ އަނބުރާ ހޯދައިދޭންކަމަށް ރައީސް ވިދާޅުވިއެވެ.

"ހަނިމާދޫ އެއަރޕޯޓް، ކުޅުދުއްފުށި ޕޯޓާއި، ހޮސްޕިޓަލާއި، ހޯރަފުށްޓާއި އިހަވަންދޫއަށް އަންނަ ބަދަލާކައެކު ސަރުކާރުގެ ތަސައްވުރު ފެންނާނެ،" ރައީސް ވިދާޅުވިއެެވެ.

ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕެއިނަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އަމާން ރާއްޖެއެއް ހޯދަން ކުރާ ދަތުރެއްކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިހަވަންދޫއިން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެކަމަށް ޔަގީންކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން