މެރިޓައިމް ދާއިރާއިން ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް ދެޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެޤައުމުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެމްދަވާ ދަތުރުފުޅުގެތެރެއިންނެވެ. މި އެއްބަސްވޔުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއާއި އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓާ ދެމެދުއެވެ.



އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އިނގިރޭސި ވިލާތުގެ ފަރާތުން ސޮއިކުރެއްވީ އަންޑަ ސެކްރެޓަރީ އޮފް ސްޓޭޓް އޭވިއޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ބެރޮނެސް ވެރޭއެވެ.



މި އެއްބަސްވުމުގެ ސަބަބުން މެރިޓައިމް ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހެޔޮ ފައިދާތަކެއް ކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން އަންނަނީ މެރިޓައިމް ދާއިރާއިން ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅިގެން މުހިންމު މަސައްކަތްތައް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން