ހއ. އިހަވަންދޫއާއި، ހއ. މާރަންދޫއާއި، ހއ. ތަކަންދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ހެނދުނު ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައެވެ.
މި އޮފީސް ޢިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ އޮފީސް ޢިމާރާތެކެވެ. މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫ ފުޓުބޯޅަ ދަނޑާއި، ހއ. މާރަންދޫއަށް ފެނަކަ އޮފީސް ޢިމާރާތާއި، ހއ. ތަކަންދޫގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓު ހުޅުއްވައި ދެއްވާފައި pic.twitter.com/J0TCdOe0xv
— The President's Office (@presidencymv) July 20, 2023
މި އޮފީސް ޢިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ އޮފީސް ޢިމާރާތެކެވެ. މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު