ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެތަން ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެމަނިކުފާނު އެ ދެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ހއ. ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ ހިމެނެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ހއ. ދިއްދޫ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.ވަށަފަރަށް ވަޑައިގަތުމުން، ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ހޫނޫ މަރުޚަބާއެއް ދަންނަވައިފި.
— MDP Secretariat (@MDPSecretariat) July 20, 2023
#Ibu2023 #VoteMDP
#UfaaveriAmaanRaajje pic.twitter.com/blmZvhH5aF
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ހއ. ދިއްދޫ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު