ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއްކަމަށްވިޔަސް ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާންޖެހޭނެކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
,
ޑރ. އިޔާޒު މިހެން ވިދާޅުވީ ސިންގަޕޫރުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް އެ ޤައުމުން ފުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އެކަމުގެ ތެރެއަށް ވަނުމުންނެވެ.
ސިޔާމް ފުރުންމަނާކޮށްފައިވަނީ އޭނާގެ ސަން ކުންފުނިން ހިލްޓަން ކުންފުންޏަށް ދޭން ހުކުމްކޮށްފައިވާ ފައިސާތަކެއް ހުކުމާއި އެއްގޮތަށް ނުދެއްކި މައްސަލައަކާއި ގުޅިގެނެވެ. މި މައްސަލައިގައި ދިވެހި ސަރުކާރުން ސިންގަޕޫރުގައި ސިޔާމްގެ މައްސަލަ ބަލާ ކޯޓަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.
ސިޔާމަކީ ސަރުކާރު ހިންގާ އެމްޑީޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރުވެސްމެއެވެ.
ސިޔާމްގެ މައްސަލައަށް ސަރުކާރުން ވަނުމާއިި ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް, އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް, ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ ކަމަށެވެ. އަދި ކުށްވެރިންނަށް ޙައްޤު އަދަބު ލިބިދޭންޖެހޭނެ ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
ސިޔާމްގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓާފައިވާކަމަށް ބުންޏަސް އެކަން ސިޔާމްގެ އަރިސް ބޭފުޅުން ދޮގުކުރައްވައެވެ. އަދި އޭނާ ސިންގަޕޫރުގައި މަޑުކޮށްގެން ހުންނެވީ މާދަމާ އޮންނަ ޝަރީއަތުގައި ބައިވެރިވުމަށްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ހިލްޓަން މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އަންގާފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ސަން ކުންފުނިން ހިލްޓަނަށް ފައިސާ ދެއްކުމަށެވެ. ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން ބާތިލުކުރި މައްސަލާގައެވެ.
މިމައްސަލައިގައި ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.
ނަމަވެސް މިހާތަނަށް އެފައިސާ ސަން ކުންފުނިން ހިލްޓަނަށް ދައްކާފައެއް ނުވެއެވެ.

ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް, އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް, ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ. ކުށްވެރިންނަށް ޙައްޤު އަދަބުލިބިދޭންޖެހޭނެ. @ibusolih @abdulla_shahid
— Dr.Mohamed Iyaz (@dr_iyaz) July 20, 2023
ސިޔާމްގެ މައްސަލައަށް ސަރުކާރުން ވަނުމާއިި ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް, އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް, ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ ކަމަށެވެ. އަދި ކުށްވެރިންނަށް ޙައްޤު އަދަބު ލިބިދޭންޖެހޭނެ ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
ސިޔާމްގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓާފައިވާކަމަށް ބުންޏަސް އެކަން ސިޔާމްގެ އަރިސް ބޭފުޅުން ދޮގުކުރައްވައެވެ. އަދި އޭނާ ސިންގަޕޫރުގައި މަޑުކޮށްގެން ހުންނެވީ މާދަމާ އޮންނަ ޝަރީއަތުގައި ބައިވެރިވުމަށްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ހިލްޓަން މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އަންގާފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ސަން ކުންފުނިން ހިލްޓަނަށް ފައިސާ ދެއްކުމަށެވެ. ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން ބާތިލުކުރި މައްސަލާގައެވެ.
މިމައްސަލައިގައި ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.
ނަމަވެސް މިހާތަނަށް އެފައިސާ ސަން ކުންފުނިން ހިލްޓަނަށް ދައްކާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު