އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްުޔަރުކޮށްފައިވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ވަދެ އިށީނދެ ތިއްބައެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ 4 މެމްބަރެކެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދެވެ. މަޖިލިސް މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ސުޖާއު އަދި އަހުމަދު އައިފާންވެސް ވަނީ ހައްޔަރުކޮށްފައެވެ.



އެ ބޭފުުޅުން ޖުމްހޫރީ މައިދާނަށް އެއްވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމާއެކު ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ބާރުއެޅުމަށެވެ.

ފުލުހުން ބުނީ އެ ބޭފުޅުން ހައްޔަރު ކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއްގައި މުޒާހަރާކުރުމުންކަމަށެވެ. އަދި ހައްޔަރުކުރި މެމްބަރުންގެ މައުލޫމާތު މަޖިލީހުގެ އިދާރާއާ ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ހައްޔަރުކުރި މައްސަލަ ޕީޕީއެމުން ވަނީ ކުށްވެރިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން