ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނިންމަވައިިފިއެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީން ވަކިވި ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. އަދި "ޑިމޮކްރެޓްސް"ގެ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހަވީރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޭނާ ނިންމާފައިވާކަމަށެވެ. އަދި މެމްބަރުންގެ ތާއީދު ބޭނުންވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



ޑިމޮކްރެޓްސް ޕާޓީ ހިންގަނީ އިންތިގާލީ ކައުންސިލަކުންނެވެ. އަދި ބައެއް ކޮމިޓީތައް މިހާރު ވަނީ އެކުލަވާލާފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނިންމަވާފައި މިވަނީ ރައީސް ނަޝީދު އެ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވިނަމަވެސް އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އޮތީ ސުވާލެއްގެ ތެރޭގައެވެ. އެއީ ޖޭޕީ އާއި އެމްއެންޕީއާ ގުޅިގެން އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް އެ ޕާޓީން ކުރިއަށްގެންދާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން