ރާއްޖޭގައި ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓެއް ނެރެންޖެހޭ ހާލަތެއް މިއަދު ނެތް ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން މިއަދު ހެނދުނު ގެެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް ފައިސަލް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގައި އޮތް ހާލަތެއް މިއަދު ނެތް ކަމަށާއި އޭރު ސިޔާސީ ގިނަ ބޭފުޅުންނާއި ވަރަށް ގިނަ ފަރާތްތަށް ތިބީ ޖަލުގައި ކަމަށެވެ. ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މުޅި ގައުމުގައި އޮތީ ބިރުވެރިކަން ކަމަށާއި ކޮންމެ މީހަކު ވެސް އޭރު މަސައްކަތް ކުރީ އަމިއްލަ ސަލާމަތަށް ކަމަށް ފައިސަލް ވިދާޅުވިއެެވެ.

ފައިސަލް ވިދާޅުވީ، ސިޔާސީ ކަންކަމާއި ގުޅިގެން ޖަލަށްލި ބަޔަކު މިއަދު ނެތް ކަމަށާއި ނޫސްވެރިންނަށް އޭރު ކުރިމަތިވި ހާލަތެެއް ވެސް ނެތް ކަމަށެވެ. އަދި އޭރު އޮތް ސަރުކާރުގެ ނުފޫޒާއި ބިރުވެރިކަން މިއަދު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ ރަނގަޅަށް، ވިސްނަވާފައި ގައުމަށް ކުރެއްވި ހިދުމަތަށް ވިސްނުން މާ ރަނގަޅުވާނެހެން، ބިރުވެރިކަމެއް ނެތް އިރާދަކުރެއްވިޔާ ކުރިއަށް އޮތީ ވެސް އަމާންކަން، އުފާވެރި ރާއްޖެއެއް ނޫންތޯ އަޅުގަނޑުމެން ބޭނުންވަނީ، އެހެންވީމަ އެ ހާލަތެއް އޮތް ކަަމަކަށް ނުފެނޭ، އަޅުގަނޑަށް ހީވަނީ މިހާރުގެ ރައީސް ކޮމަން ކެންޑިޑޭޓަކަށް ރަނގަަޅުހެން، ކުރިން ވެސް ކޮމަން ކެންޑިޑޭޓެެއް ނޫންތޯ އެއީ،" ނާއިބް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ރައީސް ސާލިޙަކީ މިއަދު ރައްޔިތުން ޓެސްޓް ކޮށް ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ދެވަނަ ދައުރަަކަށް ރާއްޖޭގައި ވެރިކަން ކުރަން އެމަނިކުފާނަށް ފުރުސަތު ދޭންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެެވެ. ފައިސަލް ވަނީ ރައީސް ސާލިޙުގެ ދެވަނަ ދައުރެއްގައި އެމަނިކުފާނުގެ ނާއިބް ރައީސަކަށް ވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން