ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ހުޅުމާލޭ ފޭސް 2 ގައި ކޮށްފައިވާ މަސައްކަތްތައް މަދުނުވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެމްޕޭން ޓީމުގެ ފަރާތުން މިއަދު ފޭސް 2 ގައި ބޭއްވި ކެމްޕޭން ހަރަކާތެެއްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، މި ސަރުކާރުން ފޭސް 2 ގައި ކޮށްފައިވާ ތަރައްގީގެ މަސައްކަތްތައް މަދުނުވާނެ ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހިން ފެންނަންހުރީ ހަމައެކަނި އެންމެ ސަރުކާރަކުން ކޮށްފައިވާ މަސައްކަތް ނޫން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރައީސްގެ ކޮއްކޯފުޅު ނިޔާޒު އިތުރަށް ވިދާޅުވީ އެއްވެސް ސަރުކާރަކުން އަޅާ ފުލެޓްތަކަށް އެ ސަރުކާރުގެ ރިޔާސީ ދައުރުގެ މުއްދަތުގެ ތެރޭގައި މިހާތަނަށް ވަދެވިފައިނުވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފުލެޓްތަކަށް މި ދައުރުގެ ތެރޭގައި ވަދެވި އެތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.



"އިރާދަކުރެއްވިއްޔާ އެއްވެސް ސަރުކާރަކުން މިހާތަަނަށް ކޮށްފައިނުވާގޮތަށް އެސަރުކާރުގެ މުއްދަތުގެ ތެރޭގައި ފުލެޓްތައް އަޅައި އެފުލެޓްތަކުގައި މީހުން ދިރިއުޅެވޭނެ ގޮތް މި ސަރުކާރުން ހަދައިދޭނަން،" ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކެމްޕެއިން ކުރުމަކީ އެމްޑީޕީއަށް ނުވާނެ ކަމެކޭ ބައެއް މީހުން ހީކުރި ކަމަށެވެ. އަދި މިހާތަނަށް ސިޔާސީ ގޮތުން އެމްޑީޕީއަށް ހުޅުމާލެ ދެވަނަ ފިޔަވަހީން އެހާ ހިތްހަމަޖެހޭ ފަދަ ތާއީދެއް އޮތީ ނުލިބި ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ރައީސަށް މިފެންނަ ތާއީދަކީ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ނިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ނިޔާ ވަނީ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފޭސް 2 ގެ ރައްޔިތުން ރައީސް ސާލިޙަށް ތާއިދު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން