އެކި ރައްޔިތުންނާއި ބައްދަލުކޮށް ދައްކާ ވާހަކަތަކުން މިހާރު އެންމެ ބޮޑަށް އިވެމުންދަނީ އިދިކޮޅު ފަރާތްތައް ގުޅިގެން ކެނޑިޑޭޓެއް ނެރެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ތަރުޖަމާން އަބްދުﷲ އަމީން ވިދާޅުވެއްޖެއެެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޖޭޕީގެ ކެމްޕެއިންގެ ތެރެއިން ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ވަރަށް ގިނަ ބޭފުޅުންނާއި ބައްދަލުވެއްޖެ ކަމަށެވެ.

އަމީން ވިދާޅުވީ ބައްދަލުވާ ގިނަ ރައްޔިތުން މިއަދު ދައްކަމުންދަނީ އެންމެ ވާހަކައެއްކަމަށެވެ. އެގޮތުން ރައްޔިތުން ބުނަމުންދަނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްކަމަށްވެސް އަމީން ވިދާޅުވިއެވެ.

"އެހެންވެގެން އަޅުގަނޑުމެންގެ ލީޑަރު ގާސިމް އިބްރާހިމް ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރައްވައި އެމަގަށް ކަންކަން ތަރުތީބުކުރަން މަސައްކަތްކުރައްވަމުން އެ ގެންދަވަނީ. ރައްޔިތުންގެ ޒިންމާ ނަންގަވައިގެން އުޅުއްވާ ސިޔާސީ ބޭފުޅުން މިކަަމަށް ސަމާލުކަން ދެއްވުން މުހިއްމު،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި ކާމިޔާބީއާ ހަމައަށް ދެވެނީ ގުޅިގެން ކެނޑިޑޭޓެއް ނެރެގެންކަން އެއީ ފެންނަން އޮތް ހަޤީޤަތެއްކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދުރާލާ މަސައްކަތް ފެއްޓެވީ އެ ސަަބަބުތަކަށްޓަކައި ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެއް ކެނޑިޑޭޓެއް ނެރުމުގެ އަމާޒަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ރައްޔިތުން މާޔޫސްނުވާނެ ގޮތަކަށް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓެއް ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން