މޫސާ މަނިކު، މަޖިލިސް ކުރީގެ ނައިބް ރައީސް، ފޮޓޯ:މަޖިލިސް
މޫސާ މަނިކު، މަޖިލިސް ކުރީގެ ނައިބް ރައީސް، ފޮޓޯ:މަޖިލިސް
ޓްރެފިކް ޤަވާއިދުތަކާއި ޚިލާފަށް ހުސްހަން ބުރިކޮށްގެން މުދާއުފުލާ މާލޭގެ މަގުމަތީގައި ޓްރޮލީ ދަމާ ބިދޭސީން ހުއްޓުވައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ހުއްޓުމެއްނެތި އަޑުއުފުލަމުންދާ މޫސާ މަނިކު ވިދާޅުވީ ފުރަ މާލޭގެ މަގުމަތީގައި ބައިސްކަލުގަ ބޮޑެތި ވަށިގަނޑާ ކުކިންއޮއިލް ހުސްހަން ބުރިކޮށްގެން މުދާއުފުލައި، މާލޭގެ މަގުމަތީގައި ޓްރޮލީ ދަމައި ބަރޯގައި މުދާއުފުލުމަކީ ޓްރެފިކް ޤަވާއިދާއި ޚިލާފްކަމެއްކަމަށެވެ. މީގެ ތެރޭގައި ގިނައީވެސް ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށްވާއިރު، އެމީހުން ހުއްޓުވައި ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް މޫސާ މަނިކު ވަނީ ގޮވާލައްވާފައެވެ. އަދި މިކަމުގެ ސަބަބުން ގެއްލިގެންދަނީ ޕިކަޕްގައި އާމްދަނީ ހޯދާ މީހާގެ އާމްދަނީކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"ޓްރެފިކް ގަވާއިދު ހުއްދަކުރާ ކަމެއްނޫން ބައިސްކަލުގަ ބޮޑެތި ވަށިގަނޑާ ކުކިންއޮއިލްހުސްހަން ބުރިކޮށްގެން މުދާއުފުލާ މާލޭގެ މަގުމަތީގަ ޓްރޮލީ ދަމާ ބަރޯގަ މުދާއުފުލާކަށް. މީ ގަވާއިދުން ހުއްދައޮވެގެން ޕިކަޕްދުއްވާ ދިވެހި މީހާގެ ވިޔަފާރި، މިކަންކުރާ ބަންގާޅީން ހުއްޓުވާ." މޫސާ މަނިކު ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލއަކީ ކުރީގެ ސަރުކާރުތަކުން ގަސްތުގައި ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވަނީ ތުހުމަތު ކުރައްވާފައެވެ. އަދި މި މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވުނު މައްސަލައެއްކަމަށް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވާން ސަރުކާރުން މީގެކުރިން ދީފައިވަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން މިކަން ވަނީ މަޑުޖައްސާލަފައެވެ. އޭގެ ފަހުން ސަރުކާރުން މަސައްކަތް ފަށާފައި ވަނީ ގަވާޢިދާޚިލާފަށް އުޅޭ މީހުން އަނބުރާ ރަށަށް ފޮނުވާލުމުގެ މަސައްކަތެވެ.

މިހާރުވެސް ރާއްޖޭގައި ވާކް ޕާމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހައި މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ތިންހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށްވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ބަންޑޭރި

11-Jul-2020

ހުއްޓުވަން ވީ އެމީހުންލައްވާ އެމަސައްކަތް ކުރުވާމީހުން. އެއީ ބައެއްގެ ނޯކިރީން ސާހިބުމީހާ އަންގާކަމެއް އަންގާގޮތަކަށް ކުރާމަސައްކަތުމީހާ ހުއްޓުވުގެ ބާރު އޮންނާނީ ސާހިބުމީހާ އަތުގައި. ްްް


11

ބަންޑޭރި

11-Jul-2020

ހުއްޓުވަން ވީ އެމީހުންލައްވާ އެމަސައްކަތް ކުރުވާމީހުން. އެއީ ބައެއްގެ ނޯކިރީން ސާހިބުމީހާ އަންގާކަމެއް އަންގާގޮތަކަށް ކުރާމަސައްކަތުމީހާ ހުއްޓުވުގެ ބާރު އޮންނާނީ ސާހިބުމީހާ އަތުގައި. ްްް



ޓްރެންޑިން