ޓީވީ މޯލްޑިވްސްއިން ގެނެސްދިން މަޝްހޫރު ކޮމިޑީ ސިލްސިލާ "ބަޚަބަރު"އާއި އެނޫންވެސް ހެއްވާ މަޖާ ޝޯވް ތަކާއި ޑްރާމާތަކުގައި ޙަރަކާތްތެރިވި މަޝްހޫރު ދިވެހި ކޮމީޑިއަން އަޙްމަދު ޝާހިދު ޙަލީމް އަވަހާރަވެއްޖެއެވެ.

އަހުމަދު ޝާހިދު ހަލީމް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މުސްކުޅި ބަލީގައި ޝާހިދުގެ ސިއްޙީ ޙާލަތު ގޯސްވެ ފަރުވާދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗްގައެވެ.

ޝާހިދަކީ 90ގެ އަހަރުތަކާއި 2000ގައިވެސް އަދި އޭގެ ފަހުންވެސް ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ކޮމީޑިއަންއެކެވެ. އޭނާގެ މަޝްހޫރު "ބަޚަބަރު" މިހާރުވެސް ސޯޝަލްމީޑިއާގައި ޝައުާޤުވެރިކަމާއެކު މީހުން ބަލައި ޝެއަރކޮށް އުޅެއެވެ.

ޝާހިދަކީ ކޮމީޑިއަންއެއްގެ އިތުރުން ވަރަށްމޮޅު މުމައްސިލެއްވެސްމެއެވެ. ސަރުކާރުންވަނީ ތަމްސީލުކުޅުމުގެ ރޮނގުން 1986ވަނަ އަހަރު އޭނާއަށް އާއްމުޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައެވެ.

ތަމްސީލުގެ ދުނިޔޭގައި އެއީ ކުޑަކުޑަ ތުއްތު ތުއްތު ކުއްޖެކެވެ. މިދެންނެވި ފަންނުގައި އޭނާ ތުއްތު ވާހަކައެއް ނޫނެވެ. ނަމަވެސް އަދާކުރައްވާ ބައިގެގޮތުން ކިތަންމެ ކުޑަކުޑަ ކުއްޖެއްގެ ބައިވެސް އަޙްމަދު ޝާހިދު ވަރަށް މޮޅަށް ކުޅުއްވައެވެ.



އަޙްމަދު ޝާހިދު އެންމެ ފުރަތަމަ ތަމްސީލެއްގައި ބައިވެރިވެލެއްވީ، ފެންފިޔާޒުގޭގައި އޮތް ކުޑަކުދީންގެ ކްލާހެއްގައި އުޅުއްވަމުން އެކްލާހުގެ ފަރާތުން ތައްޔާރުކުރި ކުދިކުދި ތަމްސީލު ތަކެއްގައެވެ. އޭނާ ތަފާތު ތަމްސީލު ކުޅުއްވައިފިއެވެ. މިތަމްސީލުގެ ވަރަށް ފޫހިފިލާ ޙަރަކާތްތައް ބައެއް ސްޓޭޖް ޝޯތަކުން ގިނަ ބޭފުޅުންވާނީ، ދެކެވަޑައިގެންފައެވެ.

މިހާތަނަށް ތަމްސީލެއްގައި އޭނާއަށް އެންމެ ރަނގަޅަށް ބައެއް އަދާކުރެއްވުނީ، ސީޑީސީގެ ތަމްސީލުތަކެއްގެ ތެރޭގައި ހިމެނުނު "ކުއްލި ދިއްލުމެއްގައި ސާހިބުގެ ބުމަރު" މިވާހަކައިގައެވެ.

"ތަމްސީލުކުޅުއްވުމުގައި މިހާތަނަށް އެންމެ ދަތި އުނދަގޫ ކަންތައްތަކަކާ ދިމާވި އެއް މަންޒަރަކީ، ދާދިފަހުން ކުޅެންޖެހުނު ތަމްސީލެއްގައި ކުޅެން ޖެހުނު ކުޑަކުއްޖެއްގެ ބަޔާ ގުޅިގެންނެވެ. އެބައިގައި އޭނާ ބުއްފުޅިއެއް ބައްލަވަން ޖެހުމުން ދިމާވި ދަތިތައް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެއްވިއެވެ." ޝާހިދުގެ މަސައްކަތް ފާހަގަކުރައްވައި 1986ވަނަ އަހަރު ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޝާހިދަކީ ވަރަށްގިނަ ފަންނުތަކުގެ ވެރި ފަންނާނެކެވެ. އެއީ ޅެންވެރިއެކެވެ. ސަމާސާ އަދަބުގެ އަދީބެކެވެ.

ޝާހިދު އެންމެ މަޝްހޫރުވީ ޓީވީ މޯލްޑިވްސްއިން ގެނެސްދިން ބަޚަަބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން