މާލެ ހުޅުމާލެ ބްރިޖަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވައިގެން ހުންނަވަނިކޮށް މީހަކު ނަގާފައިވާ ފޯޓޯއަކާއި ގުޅުވައިގެން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.
މިއަދު ހެދުނު ރައީސް ނަޝީދު ލޮނުޒިޔާރަތްކޮޅަށް މޫދަށް އެރިލައިވަޑައިގަންނަވާން ނުކުމެވަޑައިގެން ބްރިޖަށް ބައްލަވަން ހުންނަވަނިކޮށް މީހަކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކުރައްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެފޮޓޯއިން ދޭހަވެގެންދަނީ ބްރިޖް އެޅި ގޮތާއި، އެކަން ކުރަން ފަންޑު ހޯދި ގޮތާއިމެދު ރައީސް ނަޝީދު އާޝޯހު ވެވަޑައިގެންފައިވާ މަންޒަރުކަމަށެވެ. އަދި ނަޝީދަކީ އެކަން ކުރައްވަން އުޅުއްވައިގެން ނުކުރެއްވުނު ބޭފުޅަކަށްވާއިރު އެކަން ކުރި މީހާ ޖަލުގައި ބޭއްވުމަކީ އެންމެ ރަނގަޅަށް ކުރެއްވުނު ކަމެއްކަމާއިމެދުވެސް ރައީސް ނަޝީދު ސުވާލު އުފެދިފައިވާކަމަށެވެ.
"ރައީސް ނަޝީދު މިހާރު އެ ވިސްނަވަނީ މި ބުރިޖު އެޅުނީ ކިހިނެއްބާ؟ މިތަނަށް ފަންޑު ހޯދީ ކިހިނެއް ކާކު ބާ؟ މި ބުރިޖުގެ އިންޖިނޭރިން ހެދީ ހާދަ މޮޅު މީހެކޭ؟ އެކަން ކުރި މީހާ ޖަލަށް ލުން މީ އަހުރެންނަށް ރަނގަޅަށް ކުރެވުނު ކަމެއްބާ؟ މިއީ ހާދަ ރީތި ބުރިޖެކޭ." ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ހުޅުލެއާއި މާލެ ގުޅާލަދޭ ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮވެއެވެ. ރައީސް ޔާމީންގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ މި މަޝްރޫޢަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާފައިވާ މަސައްކަތެކެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާފައިވާ، އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވިއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ލޯނު އެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ވަނީ ޚަރަދު ކޮށްފައެވެ.
އެތައްހާސް ބަޔަކު ބައިވެރިވި ކުލަގަދަ ހަފުލާއަކުން މާލެ ހުޅުމާލެ ބްރިޖް ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގްސްޓްމަހުގެ 31 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު