އާދީއްތަދުވަހު ކުޅުދުއްފުށި ފަރަށް އެރި ހިލަ ބާޖު އަދިވެސް ފުން ނުކުރެވޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އާދީއްތަދުވަހު ކުޅުދުއްފުށީ ފަރަށް އެރީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބާޖެކެވެ.

ކުޅުދުއްފުށީ ކައުންސިލުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ބާޖު ފުން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ބާޖު ފުން ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ބާޖުގައި ހުރި ބައެއް ހިލަތައް އަންލޯޑްކުރުމަށްފަހު އެ މަސައްކަތްކުރަން ތައްޔާރުވަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކުޅުދުއްފުށީ ފަރަށް އެރީ ކޮން ކުންފުންނެއްގެ ބާޖެއްކަމެއް ނުވަތަ ކޮން މަސައްކަތަކަށް ގެންނަ ހިލަތަކެއްކަމެއް ސާފެއް ނުވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަސައްކަތްކުރަމުންދާއިރު ގިނަ އަދަދެއްގެ އުޅަނދުތައް ފަރަށް އެރުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން މިމަހު ވަނީ ފުވައްމުލަކު ފަރަށްވެސް އެފަދަ ބާޖެއް އަރާފައެވެ. ނަމަވެސް މައްސަލަ ތަހުޤީޤްކޮށް ނުނިމެނީސް އެ ބާޖު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން