ރައީސް އަބްދު ﷲ ޔާމީންގެ ކެނޑިޑަސީއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.

ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރޭގެ ވަގުތެއްގައެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމަވާފައިވަނީ ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހުށަހެޅީ އެމަނިކުފާނުގެ އިންތިހާބީ ހައްގުތައް ގެއްލެމުންދާތީ އެ ހައްގުތައް ކަށަވަރުކޮށްދެއްވުމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން ކެނޑިޑަސީ ބަލައިގަތުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އިލެކްޝަނުން ބުނާގޮތުން ޔާމީނަށް އިންތިހާބުގައި ވާދަކުރުމާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން