ވޮޑަމުލާ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުފާނުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މަހާޒް ޢަލީ، އެ މައްސަލައިގައި ހުކުމް އިއްވި ދުވަހު ފަރިކުޅުއްވި ތަކެއްޗާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަ އިތުރަށް ތަހުޤީޤްނުކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ފަނޑިޔާރު މަހާޒުއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދިޔައީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހު ހުކުމްކުރެއްވުމަށްފަހު އެކަން ފާހަގަކުރުމަށް، ޔާމީނާއި ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާއި ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ޖޭއެސްސީން މި މައްސަލައިގައި މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ހިންގި ތަޙުޤީޤަށް ހޯދުނު މަޢުލޫމާތާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސާފުކޮށްދެއްވާފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މިކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

މި މައްސަލައިގައި މީގެކުރިން މަހާޒް ވިދާޅުވެފައިވަނީ ޔާމިންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެންދާތީ ސުޕްރީމް ކޯޓުގައި މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު ފަރީއްކުޅުވުމަށް އަމިއްލަ ހަރަދުގައި އެއްޗެއް ގެންނަ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.

އެގޮތަށް ދައުރުވަމުން އައިސް ހުކުމް ކުރި ދުވަހު ތަނަކަށް އޯޑަރު ކޮށްގެން އެއްޗެއް ގެނައީ މަހާޒު ކަމަށާއި އެއީ ރިސެސްއަށް ކޯޓު ދިޔުމުގެ ކުރިން ފަނޑިޔާރުންނަށް އެއްޗެއް ދެވޭނެ ފަހު ދުވަސްކަމަށްވާތީ މެންދުރު ކެއުމެއް ދެއްވީކަމަށް މަހާޒް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު މަހާޒަށް ފަރިއްކޮޅު ފޮނުއްވީ ރައީސް ޔާމީނާއި ގުޅުން އޮންނަ ފަރާތަކުންކަމަށް ތުހުމަތުކުރިނަމަވެސް އެ ބުނާ ފަރިއްކޮޅު ގެނެސްފައިވަނީ މަހާޒްގެ އަނބިކަނބަލުންގެ ބައްޕާފުޅުގެ ރެސްޓޯރަންޓަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން