ފުލުހުންނަށް ވަސީލަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ މަސައްކަތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ ތަހުޤީޤްތަކަށް ހާއްސަކޮށްގެން ޤާއިމްކުރި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކައިގައި، ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެ ގޮސްފައިވާ ފުލުހުންގެ ޒިކުރާ އައުކުރައްވައި، އާއިލާތަކަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ފުލުހުންގެ މެމޯރިއަލް ދުވަހެއް ފާހަގަކުރަމުންދާއިރު ސާޖަންޓް އާދަމް ހަލީމް ފަދަ ޚިދުމަތްތެރި އެތައް ފުލުހުންނެއް މިއަދު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި އެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ.



އިމްރާން ވިދާޅުވީ ހަމައެއާއެކު ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ޚިދުމަތް ފުރިހަމަކުރެވޭނީ ފުލުހުންގެ މަސައްކަތަށް ފޯރުކޮށްދެވޭ ވަސީލަތާއި ފުލުހުންނަށް ފަހިކޮށްދެވޭ މަގުތަކާއި ގޮތްތައް ބޮޑަށް ފަހިކުރެވުނު މިންވަރަކުންކަމަށެވެ. އަދި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ނަތީޖާއާ އެއްވަރަށް ފުލުހުންނަށް ވަސީލަތާއި މަގުތައް ފަހިކޮށްދިނުމަކީ އަމާޒަކަށްވާތީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ އިސްކަމެއްދީގެން ފުލުހުންގެ ވަސީލަތްތައް ފަހިކޮށްދިނުން އެއީ ކުރެވެމުން ދިޔަކަމެއްކަމަށާއި އަދިވެސް ތިއްބެވީ އެގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން