މިއަދު ނިޔާވި އަލްމަރްހޫމް އަޙްމަދު ޝާހިދު ހަލީމް ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފޮހެވިގެން ނުދާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ބަޚަބަރު"ގެ ނަމުގައި އަށްޑިހައިގެ އަހަރުތަކުގައި ގެނެސްދިން ޓީވީ ކޮމެޑީ ޝޯވތަކުން މަޤުބޫލުކަން ހޯއްދެވި މ.ހާވިލާ އަޙްމަދު ޝާހިދު ޙަލީމް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޝާހިދު ނިޔާވުމާއި ގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލްމަރްހޫމް އަޙްމަދު ޝާހިދު ހަލީމަކީ އިޚްލާސްތެރި ޚިދުމަތްތެރިއެއްގެ އިތުރުން ކުޅަދާނަ ޅެންވެރިއެއް އަދި ފުންނާބުއުސް އެކްޓަރެއްކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށާއި ދިވެހި މުޖުތަމަޢަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފޮހެވިގެންނުދާނެކަމަށާއި އެ ހަނދާން ފަނޑުނުވާނެކަމަށެވެ.

'

"މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަރްހޫމުގެ ފާފަފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. މި ދަތި ދަނޑިވަޅުގައި އެ މަރްހޫމުގެ އާއިލާއަށާއި ގާތްތިމާގެ ބޭފުޅުންނަށް ހިތުގެ ފުންމިނުން ތަޢުޒިޔާ ދަންނަވަން" ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.



އުމުރުން 72 އަހަރުގައި ޝާހިދު ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަދި ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުންދާތާ މަހެއްހާ ދުވަސްވެއްޖެއެވެ.

ހެއްވާ މަޖާ ޑްރާމަތަކާއި، ތަމްސީލްތަކުގެ އިތުރުން ޝާހިދު ވަނީ ދިވެހި އަދަބިއްޔާތަށްވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މިގޮތުން ޅެންވެރިކަމާއި، އަދަބީ އެކި ކަންކަމުގައި ޝާހިދުގެ ބައިވެރިވުން ފެނިގެން ގޮސްފައިވެއެވެ. ތަމްސީލުކުޅުމުގެ ރޮނގުން 1986 ވަނަ އަހަރު އާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ސަރުކާރުން ވަނީ ޝާހިދަށް ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން