ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ބ. ތުޅާދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއ،ި ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން އާއ،ި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއ،ި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތ،ު އަޙުމަދު އާދިލް، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައ،ި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، އިމާރާތުގެ ފައުންޑޭޝަނަށް ކޮންކްރީޓް އޮއްސަވާލެއްވ،ީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއ،ި ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ ޙިސާން ޙުސައިން އާއ،ި އެމްޓީ ސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.



114 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ބ. ތުޅާދޫގެ މުޅި އާބާދީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށް ސަރުކާރުން ބުނެއެވެ.

ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން ތުޅާދޫ ރައްޔިތުންނެކޭ އެއްފަދައިން ހިތާދޫ ރައްޔިތުންނާއި އެރަށާ ކައިރީގައިވާ ގޮއިދުއާ ފުޅަދޫ، އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން އެކޮމޮޑޭޝަން ބްލޮކަކާއި ސަރވިސް ބްލޮކެއް ހިމެނޭހެން 30 އެންދު އެކުލެވޭ 2 ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން