ރާއްޖެ ތަރައްޤީ ކުރުމުގައި ޔޫއޭއީން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޔޫއޭއީން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު, ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ، ސަފީރު ކަމުގެ ފަތްކޮޅު އެމަނިކުފާނަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމުގައި އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ޔޫއޭއީން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ސާލިޙު ވަނީ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ބޭފުޅުންވެސް ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މީގެއިތުރުން ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވެސް މި ބައްދަލުވުމުގައި ދެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން