އިލެކްޝަންސް ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީޤުގެ އިހްލާސްތެރި މަސައްކަތަށް ޤައުމީ އެވޯޑެއް ހައްގުކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދުގެ އިތުބާރު ނެތްކަމަށް އެކޮމިޝަނުގެ 3 މެމްބަރެއްގެ ވޯޓުން ނިންމެވުމާއި ގުޅިގެނެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރިޔަސް، ކޮމިޝަނުގެ މެމްބަރުކަމުން ފުއާދު ވަކިކުރެވޭނެ ބާރެއް ކޮމިޝަނަކަށް ނޯވެއެވެ.

ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފުއާދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނުގެ ނާޒަހަތްތެރިކަމާއި އެގޮތުގައި ބަދަލުނުވެ ހުންނަވާކަން ޝަހީދު ފާހަގަކުރެއްވިއެވެ.

ޝަހީދު ވިދާޅުވީ ފުއާދުގެ ނަޒާހަތްތެރިކަމަކީ ދައުލަތުގެ އެންމެ މަތީ އިއްޒަތް ހައްގުކަމެއްކަމަށެވެ.

"ގޮތުގައި ހުންނެވުމާއި، ނަޒާހަތްތެރިކަމަށް ބަލާފައި ފުއާދު ތައުފީޤަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް ހައްގު" ޝަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެ ކޮމިޝަނުގެ ރައީސްކަމުން ވަކިކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމެވިއިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް އޭރު އޮތް ސުޕްރީމް ކޯޓުން ވަނީ ފުއާދު މަޤާމުންވެސް ވަކިކޮށްފައެވެ.

ފުއާދަކީ ވަކި ކޮޅަކަށް ޖެހިގެން މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ޤާނޫނުގައި އޮންނަގޮތަށް މަސައްކަތްތައް ހިންގަވާ ބޭފުޅެއްކަމަށް ސިޔާސީ ގިނަ ފަރާތްތަކުން އެއްބަސްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން