ދިވެހިރާއްޖެއާއި އިންޑިއާގެ އިމިގްރޭޝަނާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާރ އޮފް އިމިގްރޭޝަން، މުހައްމަދު އަހުމަދު ހުސައިންއެވެ. އިންޑިޔާގެ އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުމާންތް ސިންގއެވެ.

މި އެއްބަސްވުމުގެ ދަށުން އިމިގްރޭޝަނާއި ގުޅޭ މައުލޫމާތު ބަދަލުކުރުމާއި ބޯޑަރ ކޮންޓްރޯލް މެނޭޖްމަންޓް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި މުވައްޒަފުން ތަމްރީން ކުރުމުގައި އެހީތެރިވެދޭނެއެވެ.



ދިވެހިރާއްޖޭގެ އިމިގްރޭޝަނާއި އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަންއާ ދެމެދު އިމިގްރޭޝަން ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ސޮއިކުރެވުނު ފަހުމުނާމާއަކީ ދެޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަމަށް ހާރިޖީ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި މުޙިއްމު އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިމިގްރޭޝަން އޮފިޝަލުންގެ ޤާބިލްކަން އިތުރުކުރުމަށް ފުރުޞަތުތައް މަގުފަހި ވެގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން