ށ. ފުނަދޫ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއީ އެހޮސްޕިޓަލުގެ މުޅިން އާ ޢިމާރާތެއް ޒަމާނީ ފެންވަރަށް ޢިމާރަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑު ކިޔާ ބަޔަކާއެވެ.

ޖުމުލަ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ ޖުމުލަ އަގަކީ 135,877,224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) އެވެ.

މިއީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މި ބިޔަ މަޝްރޫޢުގެތެރޭހައި ހިމެނެނީ ދެބައެކެވެ. އެއީ ހޮސްޕިޓަލުތައް ޢިމާރާތްކުރުމާއި މިހާރު ހުރި ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަޞީލަތްތައް ފުރިހަމަކުރުމެވެ. ސިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއެވެ.

ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން 21 މަޝްރޫޢެއް ވަނީ ނިމިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން