ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ގަދަކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ޢާންމުވެއްޖެއެވެ.

ޢާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އާމިރު ހައްޔަރުކުރަނީ ޓްރެފިކް ފުލުހުންނެވެ. އޭނާ އިންނެވީ ސައިކަލެއްގެ މަތީގައެވެ. ސޯޝަލް މީޑިއާގައި މަޢުލުމާތު ފެތުރިފައިވާގޮތުގައި އާމިރު ހައްރުކުރީ ޑްރައިވިން ލައިސަންސް ނެތި ދުއްވުމުގެ ސަބަބުންނެނެވެ. އެހެންނަމަވެސް ޑްރައިވިން ލައިސަންސް ނެތި ދުއްވާ މީހުންނާމެދު ޢާންމުކޮށް ފުލުހުން މިހެން ޢަމަލުކުރާތަނެއް ނުފެނެއެވެ.

ޢާންމުކޮށް ފެންނަނީ ޖޫރިމަނާ ކުރުން ނުވަތަ ވެހިކަލް ބަހައްޓާފައި ހިނގާފައި މީހާ ފޮނުވާލާތަނެވެ. އެހެންކަމުން އާމިރުގެ އަސްލު މައްސަލައަކީ ކޮބައިކަން އަދި ސާފެއް ނުވެއެވެ. އަދި މިއީ ކޮން އިރެއްގެ ވީޑިއޯއެއްކަމެއްވެސް ސާފެއް ނުވެއެވެ.



މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން