ރާއްޖޭގެ ދެ މީޑިއާއަކާއި ދެކޮޅަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އާރުޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޗެނަލް 13 އާއި ދިޔަރެސް ނޫހާއި ދެކޮޅަށެވެ.

އެ މީޑިއާތަކާއި ދެކޮޅަށް އާރްޑީސީން ދައުވާކުރަނީ އެކުންފުނީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި، ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާކަމަށް ބުނެ ދޮގު ހަބަރު ފަތުރާފައިވާތީއެވެ.

މި މައްސަލައިގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ވަނީ "މިހާރު" ނޫހާއި ދެކޮޅަށް ދައުވާކުރާނެކަމަށްވެސް މީގެކުރިން ވިދާޅުވެފައެވެ. ނަމަަވެސް އެ މައްސަލަ ކޯޓަށް ހުށަހެޅިކަން ޔަގީނެއް ނޫނެވެ.

ކުންފުނީގެ ވެރިންގެ އެކައުންޓްތަކަކަށް ކުންފުނީގެ ފައިސާތަކެއް ޖަމާވިކަމަށް ބުނާ މައްސަލައިގައި ފުލުހުން ބުނެފައިވަނީ އާރުޑީސީގެ ވެރިންގެ އެކައުންޓަށް އެފަދަ ފައިސާއެއް ޖަމާވެފައި ނެތް ކަމަށެވެ.

އާރުޑީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އޮޑިޓް ކުރެވެމުންދާ ކުންފުންޏެއްކަމަށާއި، ފައިސާއަށް ހިޔާނަތްތެރިވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެގޮތަށް ނިިޒާމުތައް ވަނީ ހަރުދަނާކޮށްފައިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން