ޏ. ފުވައްމުލަކު މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.



14,200 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޢާއްމުގޮތެއްގައި މަސައްކަތް ކުރަނ،ީ މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ޓޫރިޒަމް އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ވަޒީފާ ތަކުގައެވެ.

ގިނަބަޔަކު އަބަދުމެ ބޭނުންކުރާ ފުވައްމުލަށް މަގުތަކުގައި ވިއްސާރަވުމުން ފެން ހެދުމާއި ޗަކަ ވަޅުގަނޑުތައް ހެދުމުގެ މައްސަލައަކީ އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ޙައްލުކުރަން ދަތި މައްސަލައެކެވެ. ނަމަވެސ،ް މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރީތި ޒަމާނީ މަގުތަކެއް ފުވައްމުލަކު ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

އެމްޓީސީސީން މިހާރުވެސް ގެންދަނީ 302.72 މިލިޔަން ރުފިޔާއަށް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވާ ފުވައްމުލައް މަގު ހެދުމުގެ މަޝްރޫޢުގެ ފޭސް 1 ގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން 34 މަގެއް މުޅިއެކު 18.2 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު މުޅި މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. މީގެ އިތުރުން 20.6 ކިލޯމީޓަރުގެ ފުވައްމުލައް ރިންގް ރޯޑްގެ މަޝްރޫޢުވެސް އެ ކުންފުނިން ވަނީ 2021 ވަނަ އަހަރު ނިންމާފައެެވެ.

މިއަދު ހަވާލު ކުރެވިގެންދިޔަ މަޝްރޫޢުގައި ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއ،ި 650 ކޭބަލް ޖަންކްޝަން ބޮކްސްއެއް ވަޅުލުމާއ،ި 13,964 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި 24,345 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމާއ،ި ގަސްހަރުކުރާ ޕިޓްސް ވަޅުލުމާއ،ި 71,164 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދުގައި ތާރު އެޅުމާއ،ި 633 މަގުބައްތި ހަރުކުރުމާއ،ި މަގުމަތީ ނިޝާން ހަރުކުރުމާއ،ި ކަފިހި ހުރަސް ކުރެހުމާއ،ި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 236.30 މިލިއަން ރުފިޔާއަށް 730 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން