މޯލްޑިވްސް ރިފޯމް މޫވްމަންޓް, އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި, ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފިއެވެ.
އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ބުރާސްފަތިދުވަހުގެ ހަވީރު 4:00އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރެވޭނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރުވެފައިވާ މެމްބަރުންނަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
އެމްއާރުއެމުން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ އަންނަމަހުގެ 7 ވަނަ ދުވަހުއެވެ.

އެމް.އާރް.އެމްގެ ފަރާތުން ރިޔާސީ އިންތިޚާބު 2023ގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީއަށް ފުރުޞަތު ހުޅުވާލުން.https://t.co/rruvSIzJKd pic.twitter.com/Du9vZ2DZJM
— Maldives Reform Movement (@MRM_Office) July 25, 2023
އެމްއާރުއެމުން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ އަންނަމަހުގެ 7 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު