ރާއްޖޭގެ ބަތަލުން ހޯއްދަވައިދެއްވާފައިވާ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އެގޮތުގައި ދެމެހެއްޓިފައިވޭތޯ ބުނެ ރައްޔިތުން ސުވާލުކުރަމުންދާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ބައްދަލުވުމަށް ފޮނުއްވި އޯޑިއޯ މެސެޖުގައެވެ.

ގާސިމް ވިދާޅުވީ ގައުމަށް މިނިވަންކަން ހޯދައިދެއްވުމަށް ރައީސް އިބްރާހީމް ނާސިރު ކުރެއްވީ އަގުނުކުރެވޭފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް ރައީސް މައުމޫނު ކުރެއްވި މަސައްކަަތަށްވެސް ގާސިމް ތައުރީފްކުރެއްވިއެވެ.

ގާސިމް ވިދާޅުވީ މިނިވަންކަން ހޯދައިދެއްވި ބޭފުޅުން ގައުމަށް ގެނެސްދިން މިނިވަންކަމާއި އިސްތިގުލާލު އެ ގޮތުގައި އޮތްތޯ ރައްޔިތުން އަހަމުންދާކަމަށެވެ.



"ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް. ތަފާތު މާނައިގައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީއިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލަންޖެހޭކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް ހުންނަންޖެހޭ ސިފަތައް ދިވެހި ވެރިންގެ ކިބައިން ނެތި ދިއުމަކީ ހިތާމައެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން