ކޮމަންވެލްތު ގޭމްސްއަށް ނުދާން ނިންމީ ފައިސާ ނެތިގެނެއް ނޫންކަމަށާއި، އެކަމަށް ކުރަންޖެހޭ ޚަރަދުބޮޑުވުމުންކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ފައިސާ ނެތިގެން މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަ ނުކުރަން ނިންމާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަނުކުރާނެކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ އިއުލާންކޮށްފައެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވުމުންކަމަށެވެ. އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީއަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވާން ނިންމީކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ،" މަހްލޫފް ކުރެއްވި ޓްވީޓުގައިވެއެވެ.

ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެން ނޫންކަމަށް މަހްލޫފް ވިދާޅުވިނަމަވެސް އޮލިމްޕިކް ކޮމިޓީން މިކަން އިއުލާންކުރަމުން ބުނީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާގެ ދަތިކަން އޮތުމުންކަމަށެވެ.

ކޮމަންވެލްތު ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 4-11 އަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯ ވެރިރަށް ޕޯޓް އޮފް ސްޕޭންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން