ރާއްޖޭގައި ކިޔަވައިދިނުމުގެ ހުއްދަ ލިބޭނީ 4 އަހަރުގެ ޓީޗިންގ ޑިގްރީއެއް ފުރިހަމަކޮށްފައިވާނަމަ ކަމަށް ސަރުކާރުން އިއްޔެ އާއްމުކުރި ޓީޗާސް ރަޖިސްޓްރޭޝަން ގަވާއިދުގައި ބުނެފިއެވެ.

މި ޤަވާއިދުގައިވާ ގޮތުން ރާއްޖޭގައި ކިޔަވައިދިނުމުގެ ހުއްދަ 2029 ވަނަ އަހަރުން ފެށިގެން ދޫކުރާނީ ނުވަތަ ޓީޗާސް ލައިސަންސް ދޭނީ، ފޭސް-ޓު-ފޭސް މޮޑެލްއަށް ޓީޗިންގެ ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަކުރުމުންނެވެ.

ގަވާއިދަށް މި ބަދަލު ގެނެސްފައި މިވަނީ ރާއްޖޭގައި އޮންލައިކޮށް ގިނަ ކޯސްތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޓީޗިންގ ގިނަ ކޯސްތައް ހުންނަނީ 3 އަހަރު ދުވަހަށްކަންވެސް ފާހަގަކޮށްލެވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކިޔަވައިދިނުމުގެ ކޯސްތަކަށް ގެނައި ބަދަލުތައް ކޮލެޖު އަދި ޔުނިވާސިޓީތަކާ ހިއްސާކޮށްފައެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ފެންވަރަށް ކޯސްތައް ބަދަލުކުރަން އަންނަ އަހަރު ފުރުސަތު ދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މިކަމުގެ ސަބަބުން އަސަރެއް ނުކުރާނެކަމަށާއި އެ ފަރާތްތަކުގެ ކޯސްތައް ނިމުމުން ލައިސަންސް ލިބޭނެކަމަށެވެ. އަދި މި ޤަވާއިދަށް އަމަލުކުރަން ފަށާނީ 2028 ގެ ފަހުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން