ހަގީގީ މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތުގައި ސަގާފަތާއި ގުޅޭގޮތަށް ރަސްމީ ހެދުމެއް ތައާރަފުކުރުމަކީ މުހިއްމުކަމެއްކަމަށް ދެކެވަޑައިގަންނަވާކަަމަށް އިކޮނޮމިކް މިނިސްްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަގީގީ މިނިވަންކަން ލިބުނުކަމަށްވާނީ ކޯޓުފަޓުލޫނާއި ޓައީ ބޭނުންކުރުން ހުއްޓާލުމުންކަމަށެވެ. އަދި ރާއްޖޭގައި ތިބި މޮޅެތި ޑިޒައިނަރުން ބޭނުންކޮށްގެން ރާއްޖޭގެ ސަގާފަތާއި ގުޅޭގޮތަށް ރަސްމީ ހެދުމެއް ފަރުމާކުރުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މުބާރާތެއްގެ ސިފައިގައިވެސް އެކަން ކުރެވިދާނެކަމަށެވެ.



ކޯޓު ފަޓުލޫނުގެ ބަދަލުގައި ބޭނުންކުރާނެ ހެދުމެއް ފަރުމާކުރަން ފައްޔާޒު ގޮވާލެއްވިއިރު، ރައީސް މައުމޫންގެ ވެރިކަމުގައި ވަނީ ރަސްމީ އިހްތިފާލުތަކުގައި ބޭނުންކުރަން އެފަދަ ގައުމީ ހެދުންތަކެއް ކަނޑައަޅާފައެވެ. މި ހެދުން ތަކަކީ ދިވެހި ސަގާފަތާއި ގުޅޭގޮތަށް ފަރުމާކޮށް ރަސްމީކޮށް އާންމުކޮށްފައިވާ ހެދުންތަކެއް ކަމުގައި ވީނަމަވެސް ފަހަކަށް އައިސް އެ ހެދުންތައް ބޭނުންކުރާ މަންޒަރެއް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން