ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 93އަށް އިތުރުކޮށް، އިންތިހާބީ ދާއިރާތައް އިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ މިހާރު 87އެވެ. ނަމަވެސް ކޮންމެ 5 އަހަރަކުން ބާއްވާ މަޖިލިސް އިންތިހާބާއި ދިމާކޮށް އާބާދީގެ އަދަދަށް އަންނަ ބަދަލާއެކު އިންތިހާބީ ދާއިރާތައް ދަނީ އިތުރުވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން އިންތިހާބު ކުރަންޖެހޭ އަދަދު މިހާރު ކަނޑައަޅައި އިއުލާންކޮށްފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިއުލާންގައިވާ ގޮތުން އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާގެ ބަދަލުގައި 93 ދާއިރާއަށް މެމްބަރުން އިންތިހާބުކުރާނެއެވެ. އެހެންކަމުން މަޖިލީހަށް ވަނީ 6 މެމްބަރުން އިތުރުވެފައެވެ.

މެމްބަރުން އިތުރުވެފައިވާ ސަރަަހައްދުތަކަށް ބަލާއިރު، މާލޭގެ މެމްބަރުންގެ އަދަދު ވަނީ 15 އިން 17 އަށް އިތުރުވެފައެެވެ. އައްޑޫ މެމްބަރުންގެ އަދަދު 7އިން 8 އަށް ވަނީ އިތުރުވެފައެވެ. ބ. އަތޮޅުގެ މެމްބަރުންގެ އަދަދު 4 އިން 3 އަށް އަދި މާލެ އަތޮޅުގެ މެމްބަރުންގެ އަދަދުވެސް ވަނީ 3 އިން 4 އަށް އިތުރުވެފައެވެ. މީގެއިތުރުން ގއ. އަތޮޅުގެ މެމްބަރުންގެ އަދަދުވެސް ވަނީ 3 އިން 4 އަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން