މިދުވަސްވަރު އާދަޔާ ޚިލާފަށް ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާތީ ޢާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް މަޝްހޫރު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޢަބްދުﷲ ނިޔާފް އިލްތިމާސްކުރައްވައިފިއެވެ.

ޑރ. ނިޔާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދުވަސްވަރު ކުއްލިއަކަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި އުތުރުވަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ހޮޑުލެވުމާއި ބޭރަށްހިންގުން އިތުރުވެ އޭޑީކޭގެ އީއާރަށް އަންނަ ބަލިމީހުން ކުއްލިއަކަށް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އޭގެތެރޭގައި ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންވެސް ހިމެނޭކަމަށާ، މިއީ ސަމާލުކަން ދޭންޖެހޭކަމެއްކަމަށް ނިޔާފު ވިދާޅުވިއެވެ.

އެހެންކަމުން ބޭނުންކުރާ ފެން ސާފުތޯ ޔަގީންކުރުމަށް ޑރ. ނިޔާފް އިލްތިމާސްކުރެއްވިއެވެ. ކައްކައި ފިނިކޮށްފައި ނުވަތަ ފިލްޓަރ ކޮށްފައި ހުންނަ ފެން ބޭނުންކުރުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ޑރ. ނިޔާފް ވިދާޅުވެއެވެ. މީގެ އިތުރުން އަތުގެ ސާފުތާހިރުކަމާއި އަމިއްލަ ހަށިގަނޑުގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ޑރ. ނިޔާފް އިލްތިމާސްކުރައްވައެވެ.



މިދުވަސްވަރު ބޭރަށްހިންގުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުގެ އިތުރަށް، ބޭރަށް ހިންގާނަމަ ގޭގައި ދެވޭނެ ޚާއްސަ ފަރުވާ ދިނުމަށާއި ސިއްހަތަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އެގޮތުން ބޭރަށް ހިންގާނަމަ، ގިނަގިނައިން ފެން، ލޮނުޕެކެޓު، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން މުހިންމުކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ބޭރަށް ހިންގާނަމަ އޮފީހަށް ނުވަތަ ބޭރަށް ނުވަތަ އެނޫންވެސް ތަންތަނަށް ދިއުން ހުއްޓާލައި ގޭގައި މަޑުކޮށް އަރާމުކުރުން މުހިންމުކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފާޚާނާކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ބޭރަށްހިންގުން ރަނގަޅުނުވެ ސިއްޙީޙާލަތު އިތުރަށް ގޯސްވާކަމުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށްދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން