ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 11:54 ހާއިރު ހުޅުމާލޭ ހުވަނދުމާ ހިނގުމާއި ފިލިގަސް މަގު ގުޅޭ ހިސާބުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ދެ މީހުންނަށް ވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 20 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން