ޒަހީނުއްދީން ސަޢީދު   28 ޖުލައި 2023 - 20:12
ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް ސާލިޙު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ ކެމްޕޭން ދަތުރުފުޅެއްގައެެވެ. މާދަމާ ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ފުވައްމުލަކު ކެމްޕެއިން ކޯޑިނޭޓަރ އަދި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ މަޖިލިސް މެންބަރުން އަދި މޭޔަރާއި ފުވައްމުލައް ކެމްޕެއިން ޓީމުގެ މެމްބަރުންނާއިއެކު މިއަދު ވަނީ މަޝްވަރާ ވެސް ކުރަށްވާފައެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރައީސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން ރައީސް ވަނީ މީގެ ކުރިން މުލަކު އަތޮޅާއި ވ. އަތޮޅުގެ އިތުރުން ބޮޑުތިލަދުންމައްޗަށް ވަޑައިގެން ކެމްޕޭން ކުރަށްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލައިފަ އެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން