ބޭރަށް ހިންގުމުން ދެމުންދާ ބޭހާއި އޯއާރްއެސް ލޮނު ޕެކެޓު ފަދަ ތަކެތި ރާއްޖެއިން ހުސްވި ކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއެކު ހޮޑުލުމުގެ ވަރުގަދަ ރޯގާއެެއް ދަނީ ފެތުރެމުންނެެވެ. އެގޮތުން ވަރަށް ގިނަ އަދަދެއްގެ ކުދިން ބަލިވެގެން އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ އަދި ސެނަހިޔާ ހޮސްޕިޓަލުމް ފަރުވާ ހޯދަމުން ދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެއާއެކު ހޮސްޕިޓަލްތަކުގެ އީއާރު ފުރި ވަނީ އެމެޖެންސީ ހާލަތަށް އައިސްފައެވެ.

އެހަބަރާއެކު ބޭރަށް ހިންގުމުންދޭ ބޭހާއި އަދި އެފަދަ އެ ނޫން ވެސް ތަކެތި ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިޔާގައި އެކި ވާހަކަތައް ވަނީ ފެތުރެން ފަށާފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށެވެ. އަދި އޯއާރްއެސް ލޮނު ޕެކެޓު ވެސް އެބަހުރި ކަމަށް ހެލްތު މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ހެލްތް މިނިސްޓްރީ އިން ބުނިގޮތުގައި މާލެ ސަރަޙައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެކި ފިހާރަތަކުންނާއި ފާމަސީތަކުން އޯއާރްއެސް ލޮނު ޕެކެޓު ހުސްވި ނަމަވެސް ސްޓޮކްގައި 10،000 އަށްވުރެ ގިނައިން އެބަހުރި ކަމަށެވެ. އަދި އެތަކެތި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން