ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރިގެން އުޅެނީ ބަޔަކު ކެއި އެއްޗެއްގެ ސަަބަބުން ނޫންކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާލޭގައި ގިނަ ބަޔަކު ހޮޑުލައި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކަމުންދާތީ އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިއީ ވައިރަސްއެއްގެ ސަބަބުން ފެތުރޭ ރޯގާއެއްކަމަށާއި ރޯގާ ފެތުރިގެން އުޅެނީ ކާނާއެއްގެ ސަބަބުން ނޫންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.



އެޗްޕީއޭއިން ބުނީ ރޯގާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ބަލަމުން ގެންދާކަމަށެވެ.

އެޗްޕިއޭއިން ބުނީ މިދިޔަ 2 ހަފްތާއެއްހާ ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި އަދި މިއީ އެހެން އަހަރުތަކުގެވެސް ޗުއްޓީ ދުވަސްވަރު ދިމާވާ ކަމެއް ކަމަށެވެ. އަދި ހޮޑުލުމާއި ބޭރަށް ހިންގާތީ ގިނަ ބަޔަކު މާލެ ސަރަހައްދުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެތެރޭގައި ގިނައީ 12 އަަހަރުގެ ކުދިންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން